ހައިސެންސްގެ 5  ސްޓާ ސްމާޓް އިންވާޓަރ އޭސީ ރާއްޖޭގެ މާކެޓަށް

ހައިސެންސްގެ 5 ސްޓާ ސްމާޓް އިންވާޓަރ އޭސީ ރާއްޖޭގެ މާކެޓަށް

ކަރަންޓު ބިލަށް ބޮޑު ލުޔެއް!

މާނީ ޓެކްނޮލޮޖީއާއެކު ގޭގޭގެ ކަރަންޓު ބިލު ކުޑަކުރުމަށާއި، ފިނިކަން  ހޯދައިދިނުމަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ "Hisense 5-Star Energy Saving 10,000 BTU WiFi Smart Inverter AC" މިއީ ރާއްޖޭގެ މާހައުލާ ވަރަށް ގުޅޭ، ގިނަ ގުނަ ފީޗާތަކެއް ހިމެނޭ އުފެއްދުމެކެވެ. ރެޑްވޭވްގެ އޮތޮރައިޒްޑް ބިޒްނަސް ޕާޓްނަރ "ދަ ވަން" (Da One) މެދުވެރިކޮށް މި އޭސީ މިހާރު ކަސްޓަމަރުންނަށް ލިބެން އެބަހުއްޓެވެ.

ކަރަންޓު ޚަރަދު ކުޑަކޮށްދޭ 5-ސްޓާ ރޭޓިންގ!

މި އޭސީގެ އެންމެ ހާއްސަ އެއް ކަމަކީ ރާއްޖޭގެ އެނާޖީ ލޭބަލްގެ އެންމެ މަތީ ރޭޓިންގ ކަމަށްވާ 5-ސްޓާ ރޭޓިންގ ލިބިފައިވުމެވެ. ސްމާޓް އިންވާޓަރ ޓެކްނޮލޮޖީގެ ސަބަބުން ކޮމްޕްރެސަރގެ ދުވެލި މާހައުލުގެ ފިނިމިނާ އެއްވަރަށް އަމިއްލައަށް ބަދަލުކޮށްދީ، އަޑުމަޑުކޮށް އަދި ބޭކާރުގޮތުގައި ކަރަންޓު އިސްރާފުވުން ހުއްޓުވައިދެއެވެ. މީގެ ސަބަބުން ގިނަ ވަގުތު އޭސީ ޖައްސާފައި ބެހެއްޓި ނަމަވެސް މަހުން މަހަށް އަންނަ ކަރަންޓު ބިލަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ކޮންމެ ތަނެއްގައި ހުރެގެންވެސް ފޯނުން ކޮންޓްރޯލްކޮށްލެވޭ!

ޒަމާނީ ޓެކްނޮލޮޖީއަށް ލޯބިކުރާ ފަރާތްތަކަށް މި އޭސީއަކީ ވަރަށް ފުރިހަމަ ބޭނުންތެރި އުފެއްދުމެކެވ.  އޭސީގައި ހިމެނޭ ވައިފައި (Wi-Fi) ފީޗާގެ ސަބަބުން، 'ConnectLife' އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެންވެސް ފޯނުން އޭސީ އޮން/އޮފްކޮށް، ފިނިމިން ބަދަލުކޮށްލެވޭނެއެވެ. މިއީ ގެއަށް އައުމުގެ ކުރިން ކޮޓަރި ފިނިކޮށްލަން ބޭނުންވާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހައެކެވެ.

ލޮނު އެކުލެވެގެންވާ ވަޔަށް ހާއްސަ 'ގޯލްޑެން ފިން' ޓެކްނޮލޮޖީ!

ރާއްޖެއަކީ ވައިގައި ގިނަޢަދަދަކަށް ލޮނު އެކުލެވެގެންވާ ގައުމަކަށްވުމުން، އޭސީތަކުގައި ދަބަރުޖެހުމުގެ މައްސަލައަކީ އާންމު ކަމެކެވެ. ނަމަވެސް ހައިސެންސްގެ މި އޭސީގައި ހިމެނޭ 'ގޯލްޑެން ފިން' (Golden Fin) ކޯޓިންގގެ ސަބަބުން، ދަބަރާއި ކޮރޯޝަން ޖެހުމުން ރައްކާތެރިކޮށްދީ، އޭސީގެ ޢުމުރު އިތުރަށް ދިގުކޮށްދެއެވެ.

އަވަސް ފިނިކަމާއި ސާފު ވައި!

10,000 BTU ގެ ކެޕޭސިޓީއާއެކު މިއީ ކުދި އަދި މެދުފަންތީގެ ކޮޓަރިތަކަށް (100 އާއި 150 އަކަފޫޓު) އެންމެ އެކަށީގެންވާ ސައިޒެވެ. މީގެ އިތުރުން 'Fast Cooling' ފީޗާއިން ވަގުތުން ކޮޓަރި ފިނިކޮށްދޭއިރު، 'I Feel' މޯޑުން ރިމޯޓު އޮންނަ ސަރަހައްދުގެ ފިނިމިން ދެނެގަނެ އެންމެ އެކަށީގެންވާ ފިނިކަން ފޯރުކޮށްދެއެވެ. އަދި ވައިގެ ތެރޭގައިވާ ނުސާފުކަން ސާފުކޮށްދޭ މަލްޓިޕްލް ފިލްޓަރުތަކާއި، ނިދާ ގަޑީގައި އަޑުމަޑުކޮށްދޭ 'Quiet Mode' ވެސް މީގައި ހިމެނެއެވެ.

"ދަ ވަން" އިން މައުލޫމާތު ދޭ ގޮތުގައި، މި އޭސީއަކީ މުޅި ރާއްޖެއަށް އެންމެ އަވަސް ޑެލިވަރީ ޚިދުމަތާއެކު ލިބެން ހުރި އުފެއްދުމެކެވެ.  އޭސީ ބައްލަވައި ގަރުމަށް މި ލިންލަށް ޒިޔާރަތްކޮށްލައްލާ! މި އޭސީ އަކީ ފެންވަރު ރަނގަޅު، ކަރަންޓު ސޭވްކުރާ އަދި ޒަމާނީ އޭސީއެއް ހޯދަން ބޭނުންވާ ފަރާތްތަކަށް ހައިސެންސްގެ މި 5-ސްޓާ އޭސީއަކީ އެންމެ މޮޅު އެއް އުފެއްދުމެވެ.


Back to blog